ޕީޕީއެމްގެ ފަސްވަނަ އަހަރީ ޖަލްސާ މ.އެންދެރިމާގޭގައި ބާއްވަން ރައީސް މައުމޫން ނިންމަވައިފި އެވެ.
އެޕާޓީގެރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމު މިގޮތަށް ނިންމެވީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ރައީސް މައުމޫން ޕީޕީއެމްގެ ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވާ ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއުވަނީ މިކަން ޢިއުލާންކުރައްވާފައެވެ.
އެންދެރިމާގޭގައި ޕީޕީއެމްގެ ޖަލްސާ ބާއްވަން ނިންމެވީ އެޖަލްސާ ބާއްވަން ދަރުޞާރުގެ ހަމަޖެއްސުމަށްފަހު ހައުސިން މިނިސްޓްރީން އެކަން ކެންސަލްކުރައްވާފައިވަނިކޮށެވެ. ޖަލްސާ ބާއްވަން އިތުރުތަނެއް ހޯދުމަށް ހައުސިންމިނިސްޓްރީގައި އެދިގެން މިހާތަނައްވެސް އެއްވެސްތަނެއް ހަމަޖައްސައިދީފައި ނުވާކަމަށް ޝުޖާޢުވިދާޅުވިއެވެ.