އޭސީސީ އަށް 5 ބޭފުޅެއްގެ ނަންފުޅު ފާސްކުރައްވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރެއްވުމަށް 5 ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރެއްވި 5 ބޭފުޅުންނަކީ:-

1 އިބްރާހީމް ޝަކީލް / ދަފްތަރު ނަމްބަރ 3654 (68 ވޯޓް)

2 ފާތުމަތު އަނޫލާ / ގ ވަޑިނޮޅުގެ  (68 ވޯޓް)

3 މަރްޔަމް ޝިއުނާ / ނެދުންގެ / ސ، ހިތަދޫ (68 ވޯޓް)

4 އާޢިޝަތު ޢަބްދުﷲ / ރޯލްގޯލްގެ / ޅ. ހިންނަވަރު (67 ވޯޓް)

5 ޢަލީ އަޝްރަފް / ދަފްތަރު ނަމްބަރ 3366 (70 ވޯޓް)

އޭސީސީއަށް އައްޔަން ކުރެއްވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމަވައިފައިވަނީ 75 އިންސައްތައިން ފެށިގެން މަތިން މާރކްސް ހޯއްދެވި ބޭފުޅުންނެވެ. ނަމަވެސް ކޮމެޓީން ދެވަނައަށް އެންމެ މަތިން މާރކްސް ދެއްވި އާދަމް ޝާމިލްގެ ނަންފުޅު މަޖިލީހުން ފާހެއް ނުކުރައްވައެވެ. އެހެން ކަމުން ކޮމެޓީން ކަނޑަ އެޅި ޢަދަދަށްވުރެ ދަށްކޮށް މާރކްސް ލިބިވަށޑައިގެންނެވި ދެ ނަންފުޅަށް މަޖިލީހުން ވޯޓަށް އައްސަވައިގެން މަޖިލީހުން ފާސްކުރެއްވީ ޢަލީ އަޝްރަފްގެ ނަންފުޅެވެ. އަދި އެސީސީއަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކުރެއްވި ނަންފުޅު ތަކުގެ ތެރެއިން އެންމެ ގިނަ ވޯޓުން ފާސްކުރައްވައިފައި ވަނީ ވެސް އަޝްރަފްގެ ނަންފުޅެވެ. ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒްގެ ނަންފުޅަށްވެސް ވޯޓަށް އެއްސެވި އެވެ. ނަމަވެސް އެނަންފުޅުވެސް މަޖިލީހުން ފާހެއްނުކުރައްވައެވެ.

އޭސީސީ އައްޔަން ކުރެއްވުމަށް މަޖިލީހުން ފަސް ނަންފުޅެއް ފާސްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވި 12 ނަންފުޅެއްގެ ތެރެއިންނެވެ.

އޭސީސީގެ ކުރީގެ ރައީސް އެކޮމިޝަނުން އިސްތިއުފާ ދެއްވީ މިދިޔަ މަހު ތިންވަނަ ދުވަހުއެވެ. ބާކީ ތިއްބެވި ހަތަރު މެމްބަރުންގެ މެމްބަރކަމުގެ މުއްދަތު ހަމަވާނީ ސެޕްޓެމްޓަރ ނުވައެއްގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.