ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި 9 އަހަރުގެ ފިރިހެން ކުއްޖަކަށާއި 31 އަހަރުގެ އަންހެނަކަށް އަނިޔާ ވެއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރުފަހު 2:00 ގައި ހުޅުމާލެ ނިރޮޅުމަގުން ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގޮސް އެމަގުގައިހުރި ފިހާރައެއް ބިއްލޫރި ގަނޑުގައި ޖެހިގެންނެވެ. އެކްސިޑެންޓުގައި ބިއްލޫރިގަނޑުވަނީ ތަޅައިގެން ގޮސްފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލް ދުއްވަންއިން އަންހެން މީހާއަށާއި އޭނާގެ ފަހަތުގައި ކުޑަކުއްޖާއަށެވެ. އެކުއްޖާގެ ލޯ ކައިން ވަނީ މަށައިގެންގޮސްފައެވެ. އަންހެން މީހާގެ މޫނުމަތި ވަނީ ކަފައިގެން ގޮސްފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެދެމީހުންނަށް ފަރުވާ ދިނުމަށްވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން ގެންދަނީ މި މައްސަލަ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.