ދޯންޏެއްގެ ނަގިލި ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި

ކ.ގުޅީ ފަޅުގައި އަޅާފައި އޮތް "ސާހިބާ" ނަމަކަށްކިޔާ މަސް ދޯންޏެއްގެ ނަގިލި ނަގަން މޫދަށް ފޭބި ބިދޭސީ ފަޅުވެރިއެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 8:50 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވ. އެ މަޢުލޫމާތު ލިބުމާއެކު =އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ އެ ސަރަހައްދަށްގޮސް ހަރަކާތްތެރިވާން ފަށައިފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމީހާ މޫދަށް ފޭބި އިރު ލައިގެން ހުރީ ކަޅުލައިގެ ސޯޓެކެވެ. އަދި އަޅައިފައިވަނީ ރީނދޫ ކުލައްގެ މާސްކެއް ކަމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އެ މީހާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކޮށްދެއްވުމަށް އެމްއެންޑީއެފުން އެދިފައިވެއެވެ. އެ މީހާ ގެއްލުނު ކަމަށް ބުނާ ސަރަޙައްދު ކޯސްޓްގާޑުގެ ޑައިވަރުން ގެންދަނީ ބަލަމުންނެވެ. އެހެންނަމަވެސް އަދި އެމީހާގެ އެއްވެސް ހިލަމެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.