ތުޙުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތަށް އާތިފް ޝަކޫރު އެދިވަޑައިގެންފި

ފޮޓޯ: އެމްބީއާރް

އެމްއެމްޕީއާރުސީގެ ޚިނާތާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭނާއަށް ކުރަމުންދާ ތުޙުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތަށް މާލިއްޔަތު ކޮމެޓީގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އާޠިފް ޝަކޫރު އެދިވަޑައިގެންފިއެވެ.

އޭނާ އެކަމަށް އެދި ވަޑައިގެން މާލިއްޔަތު ކޮމެޓީގެ މުޤައްރިރަށް އިއްޔެގެ ވަގުތެއްގައި ވަނީ ސިޓީ ފޮނުވައިފައެވެ.  އެސިޓީގައި އޭނާ ބަޔާން ކުރައްވައިފައިވަނީ އޭނާ ވަޒީފާ އަދާކުރެއްވި ގޮތާމެދު ކުރަމުންދާ ތުޙުމަތުތަކަށް ޖަވާބުދާރީ ވުމުގެ ފުރުޞަތު ދެއްވުމަށެވެ. ނަމަވެސް ބީއެމްއެލް އާއި އޭސީސީން ތުހުމަތުތަކެއް ކުރައްވައިފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތަކެއް އެސްއޯއެފަށް ޖަމާވަމުން ދިޔައިރު އެމުޢާމަލާތްތައް ނުހިފެހެއްޓެވުމަށް އާތީފް ޝަކޫރު ލަފާދެއްވައިފައިވާކަމަށް ބުނެއެވެ.

"މޯލްޑިވްސް މަނިޓަރީ އެތޯރިޓީގެ އެފް.އައި.ޔޫ ގެ ހެޑްގެ ގޮތުގައި އަޅުގަނޑު ވަޒީފާއަދާކުރީ ޖުމުލަ 7 މަސް (ނޮވެމްބަރ 2014 އިން ޖޫން 2015 އަށް ) އަޅުގަނޑުގެ މަސްޢޫލިއްޔަތު އަދާކުރި ގޮތާ ބެހޭގޮތުން ބޭންކް އޮފް މޯލްޑިވްސް އިންނާއި އަދި އޭސީސީ އިން ތިޔަ މަޖިލީހުގައި އަޅުގަނޑާމެދު ކުރަމުންދާ ތުޙުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތަކަށް އެދި ދެންނެވީމެވެ" އާޠިފްގެ ސިޓީގައި ބަޔާންކުރައްވައިފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.