އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ވ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރު ކުރަމުންއައި ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ "ބަރަކާތް" ނަމަކަށްކިޔާ އެދޯންޏަކީ މަސްވެރިކަން ކުރާ އުޅަނދެއް ކަމަށެވެ.  އޭގެ އިންޖީނު ހުއްޓުނު ކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:38 އެހައިކަންހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ދޯނީގެ އިންޖީން ހެދުމަށް ބޭނުންވާ ބައެއް ސާމާނު ދޯނީގެ ވެރިފަރާތުން ޙަވާލު ކުރުމުން އެމްއެންޑީއެފްގެ ކޯސްޓްގާޑު ލޯންޗު ވަނީ އެ ސާމާނު ދޯންޏަށް ގެންގޮސްދީފައެވެ. އެތަކެތި ޙަވާލު ކުރުމުން އިންޖީން މަރާމާތު ކުރުމަށްފަހު ދޯނި މިހާރު ދަނީ އަލުން ދަތުރު ފަށައިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.