ބާ ކައުންސިލް އުފެދުމަކީ ޝަރުޢީދާއިރާ އިސްލާޙު ކުރުމަށް ލިބުނު ކުރިއެރުމެއް: ރައީސް

ބާ ކައުންސިލު އުފެދިގެން ދިއުމަކީ ޤާނޫނީ އަދި ޝަރުޢީ ދާއިރާ އިސްލާޙުކޮށް ތަރައްޤީ ކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަލަށް އިންތިޚާބުވި ބާ ކައުންސިލުގެ މެންބަރުންނަށް މަރުޙަބާ ވިދާޅުވުމުގެ ގޮތުން އެބޭފުޅުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެއީ ޤާނޫނީ އަދި ޝަރުއީ ދާއިރާއަށް އާންމުންގެ އިތުބާރު ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ބާ ކައުންސިލުގެ މަސައްކަތް މިނިވަންކަމާއެކު ކުރިޔަށްގެންދިއުމަށް ބޭނުންވާ އެއްބާރުލެއްވުމާއި އެހީތެރިކަން ސަރުކާރުން ދެއްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ބާ ކައުންސިލުގެ ރައީސް އަލްއުސްތާޒު މައުމޫން ޙަމީދާއި ނައިބު ރައީސް އަލްއުސްތާޒު ޢަބްދުﷲ މުޢިއްޒާއި އެޓާނީ ޖެނެރަލް އަލްއުސްތާޒު އިބްރާހީމް ރިފްޢަތާއި ބާ ކައުންސިލުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.