އައްޑޫ ސިޓީގެ ބައެއް އަވަށްތަކަށް އުދައަރައިފި

އައްޑޫ ސިޓީގެ ބައެއް އަވަށްޓަކަށް މިއަދު އުދަ އަރައިފިއެވެ. އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔާރު މުޙައްމަދު ޔަސްރިފް ވިދާޅުވީ އުދައަރާފައިވާ ކަމުގެ މަޢުލޫމާތު ސިޓީކައުންސިލަށް ލިބުމާއެކު އަވަށްތަކުގެ އޮފީސް މެދުވެރިކޮށް ލިބިފައިވާ ގެއްލުންތައް ބަލަމުން ގެންދާ ކަމަށެވެ.

އުދައަރާފައިވަނީ މަރަދުއާއި، މަރަދޫ ފޭދުއާއި ފޭދުއަށް ކަމަށް ވެސް ޔަސްރިފް ވިދާޅުވިއެވެ.  އުދައެރުމުގެ ސަބަބުން މީހަކަށް، ގެއަކަށް މުދަލަކަށް ގެއްލުންވެފައިވާ ކަމެއް މިހާތަނަށް އެނގިފައެއްނެތް. އުދަ ބޮޑަށްއެރި ސަރަޙައްދަށް ވެލިއަޅައި ރައްކާތެރި ކަމުގެ ފިޔަވަޅު މިހާރުވާނީ އަޅާފައި. ލިބުނުގެ ގެއްލުމާ ބެހޭ ރިޕޯޓުތައް އަވަށްތަކުގެ އޮފީސް ތަކުންދަނީ ހަދަމުން،" ޔަސްރިފް ވިދާޅުވިއެވެ.

އުދަ އަރައިފައިވަނީ އަވަށްތަކުގެ ކިތައް ފޫޓު އެތެރެއަށް ކަމެއް ބެލިފައި ނެތްކަމަށް ވެސް ޔަސްރިފް ވިދާޅުވިއެވެ.

އިތުރަށް އުދައަރައިފާނެތީ ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަށްތަކުގެ އޮފީސްތަކާއި ޕަބްލިކް ވޯކްސް ގުޅިގެން މިހާރުވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫ ސިޓީގެ އިތުރަށް ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ވަނީ އުދައަރައިފައެވެ.

މޫސުމާ ބެހޭއޮފީހުން ވިދާޅުވެފައިވަނީ ދެކުނާއި މެދުތެރޭގެ ބައެއް ހިސާބުތަކަށް އުދައެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.