ދުވަސްވީ އަންހެނަކު ގެއެއްގެ ވައިގޮޅިން ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެ

މާފަންނު ގެއެއްގެ 4 ވަނަ ބުރީގެ ވައިގޮޅިން އަންހެނަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. ފުލުހުން ވިދާޅުވީ އޭނާއަށް  ލިބުނު އަނިޔާތަކަށް މިހާރު ގެންދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުނެވެ.

މިޙާދިސާގައި އެމީހާގެ ބޮލުގެ ފުއްކިބައިން ވަނީ ފަޅައިގެން ގޮސްފައެވެ. އޭގެ އިތުރަށް ކަނާތު ފައިގެ ފަލަމަސްގަނޑާ ހިސާބުންވަނީ ބިންދައިގެން ގޮސްފައެވެ. އަދި ވާތުފައިގެ ކުޑަހުޅުން ވެސް ވަނީ ބިންދައިގެން ގޮސްފައެވެ. މި އަންހެން މީހާއަކީ ޢުމުރުން 76 އަހަރުގެ މީހެކެވެ.

އެމީހާ ވައިގޮޅިއަށް ވެއްޓުމުން ވަނީ ފުލުހުންނަށް ރިޕޯޓު ކޮށްފައެވެ. އޭނާ ވައިގޮޅިން ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވެސް ފުލުހުންނެވެ. މި އަންހެންމީހާއާ ބެހޭ އިތުރު މަޢުލޫމާތެއް ނުލިބެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.