"އަމީނީ ޑައިމަންޑް ޖުބިލީ ރަން" ގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް

އަމީނިއްޔާ ސްކޫލަސް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި "ޑައިމަންޑް ޖުބިލީ ރަން" ގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެ ވަޑައިގެންފިއެވެ. މި ދުވުން ބާއްވާފައިވަނީ މިއދހު ހެނދުނު ހުޅުމާލޭގައެވެ. 

މި ދުވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޢާއިޝަތު ޢަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ. 

ފޮޓޯ: ރައީސް އޮފިސް

އަމީނިއްޔާގެ އަލިމަސް ޔޫބީލް ފާހަގަ ކުރުމުގެ ގޮތުން މިހާތަނަށް ތަފާތު ގިނަ ޙަރަކާތްތައް ބާއްވާފައިވެއެވެ. އޭގެތެރޭގައި ކުޅިވަރު ޙަރަކާތްތަކާއި އާތް އެގްޒިބިޝަން ފަދަ ޙަރަކާތްތައް ހިމެނެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.