ފަސް މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

ފަސް މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފިއެވެ. އަށްޑިހަ ފޫޓުގެ މިދޯނި އަރައިފައިވަނީ ގދ. ފަރެސްމާތޮޑާއިރު އުތުރުން 5 ނޯޓިކަލް ބޭރު ދުރުގައި އޮންނަ ފަރަކަށެވެ.

މަންޒިލް ނަމަކަށްކިޔާ އެދޯނި ފަރަށްއެރިއިރު އެއިން ދަތުރުކުރި ފަސް މީހުންގެ ތެރޭގައި ހިމެނެނީނީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ. ދޯނި ފަރަށްއެރި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 8:10 އެހައިކަންހާއިރުއެވެ.

އެމްއެންޑީއެފުން ގެންދަނީ އެދޯންޏަށް އެހީތެރިވުމަށް މަސައްކަތް ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.