އައްޑޫސިޓީގައި ޢީދު ފެސްޓިވަލެއް ބާއްވަން ތައްޔާރުވަނީ

މިފަހަރުގެ ބޮޑު ޢީދުގައި އައްޑޫސިޓީގައި ޚާއްސަ ޢީދު ފެސްޓިވަލެއް ބާއްވަން އެސިޓީގެ ގިނަ ޖަމްޢިއްޔާތަކުން މަސައްކަތް ފަށައިފިއެވެ. އެގޮތުން އެޖަމްޢިއްޔާ ތަކުން މިއަދުވަނީ އައްޑޫ ސިޓީ ކައުންސިލާ ބައްދަލު ކޮށްފައެވެ.

މި ފެސްޓިވަލް ކުރިއަށް ގެންދާނީ ހުރިހާޖަމްޢިއްޔާތައް ހިމެނޭ ގޮތަށް ނަގާފައިވާ ޚާއްސަ ކޮމިޓީއަކުންނެވެ. މިއީ އެންމެންނަށް ވެސް ޢީދުގެ އުފަލުގައި ފުރިހަމަ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ، އެކުވެރި މާޙައުލަކުން އެންމެން ބައްދަލުވެ މުޖުތަމަޢުގެ ގުޅުން ވަރުގަދަ ކުރުމަށް ރާވާ ޙަރަކާތެކެވެ.

މިފެސްޓިވަލުގައި ތަފާތު ކުޅިވަރުތައް އައްޑޫސިޓީގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި އެކިވައްތަރުގެމާލި ހެދުމާއި، ކުލަޖެހުން ނުވަތަ ފެންކުޅިވެސް ކުރިއަށްދާނެއެވެ. އަދި ހަތްބޯރާހި ޕެރޭޑު ވެސް ކުރިއަށްދާނެއެވެ.

މި ފެސްޓަވަލްގެ ޙަރަކާތްތައް ހުޅުދުއާއި މީދޫގައި ވެސް ކުރިއަށްދާނެއެވެ. މިޙަރަކާތް އެންމެ ފުޅާކޮށް ކުރިއަށްދާނީ މަރަދޫގައި ކަމަށް އިންތިޒާމް ކޮމިޓީން ވިދާޅުވިއެވެ.

މި ހަރަކާތްތައް ބެލުމަށް އައްޑުއަށް އައުމުގެ ފުރުސަތު އެންމެންނަށް ވަނީ ހުޅުވާލެވިފައެވެ. މި ފެސްޓިވަލުގައި ކުޅޭ ހުރިހާ ކުޅިވަރެއް ފައިނަލެއް ނުވެއެވެ. ފެސްޓިވަލް ކުރިއަށްދާނީ އަންނަ އޯގަސްޓް 11 އިން 17 އަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.