ޝަކުވާ ހުށަހެޅުމަށް ޚާއްސަ ނަމްބަރެއް އާސަންދައިން ޢާއްމު ކޮށްފި

އާސަންދަ ކުންފުނީގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތަކާއި ޝަކުވާތައް ހުށަހެޅުމަށް އެ ކުންފުނިން ޚާއްސަ ނަމްބަރެއް ޢާއްމު ކޮށްފިއެވެ.

"ޝިކާވަތި" ނަމުގައި ޢާއްމުކުރި 79511400 ނަމްބަރަށް މެސެޖުކޮށްގެން އެކި މަޢުލޫމާތު ހޯދޭނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ. އެ ނަމްބަރަށް ވަޓްސްއެޕް، ވައިބަރ، ޓެލެގްރާމް މެދުވެރިކޮށް މެސެޖު ކުރެވޭނެ ކަމަށް އާސަންދަ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ޝަކުވާއާއި ސުވާލުގެ އިތުރުން އާސަންދައިންދޭ ޚިދުމަތްތަކާއި ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކާ ބެހޭ ގޮތުން އެއްވެސް ކަމެއް ރިޕޯޓުކުރަން ބޭނުން ވިޔަސް އެ ނަމްބަރަށް މެސެޖާއި ފޯޓޯ ފޮނުވައިގެން އެކަން ވެސް ކުރެވޭނެއެވެ.

އޭގެ އިތުރަށް އާސަންދައިންދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރުމަށް ރައްޔިތުންގެ ޚިޔާލުވެސް ނަމްބަރަށް ފޮނުވޭނެ ކަމަށް އާސަންދަ ކުންފުނިން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.