ކޮމިޓީތަކުގެ މުޤައްރިރުންނާ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ކޮމިޓީ ތަކުގެ މުޤައްރިރުންނާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު ބޭއްވި މި ބައްދަލު ކުރެއްވުމުގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވަނީ ކޮމިޓީ ތަކުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދިޔުމަށް މުޤައްރިރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު މުޤައްރިރުންނާ ބައްދަލު ކުރައްވައި އިރުޝާދު ދެއްވުމުން ބައެއް ފަރާތްތަކުން ވަނީ އެކަމަށް ތާއިދު ކުރައްވައި ހިތްވަރު ދެއްވައިފައެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ ރައީސް ނަޝީދު މިހާރު މަޖިލިސް އެ ހިންގަވަނީ ދައުލަތުގެ ދެވަނަ ބޭރު ހިންގަންޖެހޭ ގޮތަށް ކަމަށެވެ. "ރައީސް ޖެހޭނެ މުޤައްރިރުންނަށް މަގުދައްކަން، މުޤައްރިރުންޖެހޭނެ އެމީހުންގެ ކޮމެޓީތަކުގެ މެމްބަރުންނަށް މަގުދައްކަން، މުޅި މަޖިލިސް ޖެހޭނެ މުޅި ދައުލަތަށް މަގުދައްކައި ނަމޫނާ ބަޔަކަށްވާން" މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ދާއިމީވ 17 ކޮމިޓީއެއް ހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.