މަރުވެފައިއޮތް ދިވެއްސަކު ލ. ގަމުން ފެނިއްޖެ

ހައްދުން މަތީ ގަމުގައި ކުއްޔަށްދޭ ކޮޓަރިއެއްގައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މަރުވެފައި އޮއްވައި ފެނިފައިވަނީ ޢުމުރުން 40 އަހަރުގެ މީހެކެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނުކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:45 އެހައިކަނހާއިރު ކަމަށް ވެސް ފުލުހުންގެ މީޑިއާއިން ވަނީ ވިދާޅުވެފައެވެ. އެމީހާގެ ހަށިގަނޑު މިހާރުވަނީ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އޭނާގެ ހަށިގަނޑުވަނީ ހަރުވެފައި ކަމަށާއި ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާއަކީ ޗުއްޓީއަށް ލ. އަތޮޅަށް ގޮސް އުޅުނެ މީހެކެވެ. އެހެންނަމަވެސް އޭނާއާ ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.