ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ރައީސް މުޙައްމަދު ނަޝީދު ވަޑައިގެންނެވީ "ޕްލޭން ބީ" ގެ ދަށުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޢުމަރު ވިދާޅުވީ ރައީސް ނަޝީދު ފުރަތަމަ ނިންމެވީ މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ އުތުރުދާއިރާގެ މެމްބަރު އަސްލަމް ގެންނަވަން ކަމަށެވެ. އެހެންނަމަވެސް އަސްލަމާ ވާދަކުރެއްވި ވިލުފުށީދާއިރާގެ މެމްބަރު ޙަސަން އަފީފު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތާއިދާއެކު މަސައްކަތް ކުރައްވަން ފެއްޓެވުމުން އަސްލަމަށް ކާމިޔާބު ނުވާނެ ކަން ރައީސް ނަޝީދަށް އެނގިވަޑައިގެންނެވި ކަމަށް ޢުމަރު ވިދާޅުވިއެވެ. "އެހެންވެ އަސްލަމް ލައްވައި ރައީސް ނަޝީދުގެ ނަން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމަށް ހުށަހަޅުއްވައިގެން އަފީފު ލައްވައި ތާއިދު ކުރުވީ ޕްލޭން ބީ ގެ ދަށުން. ރައީސް ނަޝީދަށް އެނގިވަޑައިގެންނެވީ ރައީސް އިބްރާހީމް މުޙައްމަދު ސާލީހުގެ ފަޅި މާވަރުގަދަކަން،" ޢުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު އެމްޑީޕީ ވަނީ ޚިޔާލު ތަފާތުވެ އެހެންވެ ޕްލޭން ބީ ގެ ދަށުން ރައީސް ނަޝީދު އަސްލަމް ލައްވައި އޭނާގެ ނަން ހުށަހަޅުއްވައިގެން މަޖިލީގެ ރައީސް ކަމަށް ވަޑައިގެންނެވީ،" ޢުމަރު ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕީޖީ ގުރޫޕުގައި ވޯޓު ނެގުމުގެ ކުރީރޭ ނުވަތަ އެއަށްވުރެ ކުރިން ވަނީ ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ގެންނަން ނިންމަވައިފައެވެ.
މީނާ މިއީ ހުރިހާ ކަމެއްވެސް ނިކަން ބޮޑަށް އިގިފަ ހުންނަ މީހެއް. އެކަމަކު އިގޭނީ އަބަދުވެސް އެހެން ބަޔަކު ކަންކަން ކޮށް ނިންމީމާ ދެން ކޮންމެވެސް އެއްޗެއް ކިޔަން. އޭގެ ކުރިން ނޭގޭނެ.
plain A dhashun bodu Harugadeh hoa dhun