މަޖިލިސް ފެށުމާއެކު ފެންނަމުންދަނީ އުންމީދީ ބަދަލެއް: ޝިދާތާ

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝިދާތާ ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ޖެންޑަރ މިނިސްޓްރީ

ނަވާރަވަނަ ރައްޔިތުންގެ މަޖިލީސް ފެށުމާއެކު ފެންނަ މުދަނީ އުންމީދީ ބަދަލު ތަކެއް ކަމަށް މިނިސްޓަރ އޮފްޖެންޑަ ފެމިލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އެކަމަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ނާއިބު ރައީސާ ކަމަށާއި ޖޭއެސްސީގެ މެމްބަރު ކަމަށް އަންހެނެއް ބޭފުޅުން އިންތިޚާބު ވެގެން ދިއުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.

"ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީސް ފެށުމާއެކު ފެނިގެން މިދަނީ ރައްޔިތުންގެ ވިންދާ ގުޅިފައިވާ އުންމިދީ ބަދަލުތަކެއް. މަޖިލީހުގެ ނައިބު ރައީސާއި ޖޭއެސްސީގެ މެންބަރު ކަމަށް އަންހެން މެންބަރުން އިންތިޚާބު ވެގެން ދިޔުމަކީ އެ ކަމުގެ ފުރިހަމަ މިސާލެއް،" މިނިސްޓަރގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ޝިދާތާއަކީ ފެށުނީއްސުރެން އަންހެނުން ބާރުވެރި ކުރުމަށް ބާރުއަޅުވައި އެކަމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މިފަހަރުގެ މަޖިލީސް ރައީސަކަށް ނުވަތަ ނާއިބު ރައީސަކަށް އަންހެން ބޭފުޅަކު އިންތިޚާބު ކުރުމަށް އެކަމަނާވަނީ ކުރިން ބާރު އަޅުއްވައިފައެވެ.

މަޖިލީހުގެ ނާއިބު ރައީސަކަށް އިންތިބުވީ ގަލޮޅު އުތުރުދާއިރާގެ މެމްބަރ އީވާ ޢަބްދުﷲ އެވެ. ޖޭއެސްސީގެ މެމްބަރަކަށް އިންތިޚާބު ކުރެއްވީ ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުސައިނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.