މަކުނުދޫ ދެ ގެއެއްގެ ފުރާޅުން ޓިނުތަކެއް ވަޔާ ހިނގައްޖެ

ރޭ ފަތިހުން ފެށިގެން ހދ. އަތޮޅު މަކުނުދުއަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން އެރަށުގެ ދެ ގެއެއްގެ ފުރާޅުން ބައެއް ޓިނުތައް ވަޔާ ހިނގައްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި ޙާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު އެވެ. ފުލުހުން ވިދާޅުވީ އެ ދެ ގޭގެ ތެރެއިން އެއްގެއަކީ ހަދަމުންދާ ގެއެއް ކަމަށެވެ. އަނެއް ގެއަކީ މީހުން އުޅެމުންދާ ގެއެއް ކަމަށެވެ. އެ ގެއަށް ދިމާވި މައްސަލަ ޙައްލުކޮށް މިހާރުވަނީ ޢާއްމު ޙާލަތަށް ގެނެސްފައެވެ.

މި ވިއްސާރައިގައި އެރަށު ސްކޫލުގެ ފާރުމައްޗަށް ވަނީ ގަހެއް ވެސް ވެއްޓިފައެވެ. ފުލުހުން މިހާރުވެސް  ގެންދަނީ އެރަށުގެ މީހުންނަށް އެހީތެރިވަމުންނެވެ. މިހާރުވެސް ބޯކޮށް ވާރޭވެހެމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.