ދެ ރަށެއްގައި ކްލާސްރޫމް އެޅުމަށް އިންޑިއާ އިން ހިލޭ އެހީ ދީފި

ފޮޓޯ: ފޮރިން މިނިސްޓްރީ

އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 6,930,006.93 އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން މިލަދުންމަޑުލު ދެކުނުބުރީ ޅޮހީގައާއި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހުގައި 12 ކްލާސްރޫމް (ކޮންމެ ރަށެއްގައި 6 ކްލާސްރޫމް) އެޅުމަށް 1،201،056 ދިވެހި ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވައިފިއެވެ. ރާއްޖޭގެ ސްކޫލްތަކަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަކަށް ހެދުމަކީ ސަރުކާރުގެ އެއް ސިޔާސަތެވެ. އެގޮތުން މި ކްލާސްރޫމްތަކަކީ މި ދެ ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަށް ހެދުމަށްޓަކައި ބޭނުންވާ އިތުރު ކްލާސްރޫމްތަކެކެވެ.

6,930,006.93 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.