މަޖިލީހުގެ ރައީސަކަށް ރައީސް ނަޝީދު,ނާއިބަކަށް އީވާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބު ކުރުމަށް އެމްޑީޕީން ނިންމައިފިއެވެ.

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އެމްޑީޕީން މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު މަޖިލީހުގެ ރައީސަކަށް ގެންނަން އެމަނިކުފާނުގެ ނަންފުޅު ބައްދަލުވުމަށް ހުށަހެޅީ އެންމެފަހު ވަގުތާ ހަމައަށް ވެސް މަޖިލީހުގެ ރައީސަކަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރީ މަޖިލީހުގެ ރައީސަކަށް އަންނަން އަސްލަމާ އެންމެ ބޮޑަށް ވާދަކުރެއްވި ޙަސަން އަފީފެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރައީސަކަށް ގެންނަވަން އެމްޑީޕީން މިރޭ ފާސްކުރީ ވޯޓުގައި ބައިވެރިވި އެންމެންގެ ތާއީދާ އެކުގައެވެ. މަޖިލީހުގެ ނާއިބު ރައީސަކަށް އީވާ ޢަބްދުﷲ ގެންނަން ވެސް އެމްޑީޕީން މިރޭވަނީ ފާސްކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.