ޖޫރިމަނާކުރި ޕާޓީތަކުން ފައިސާ ނުދައްކައިފިނަ ފައިސާ ދޫކުރާނީ އެބައި އުނިކޮށްފައި: އީސީ

އެކި ސަބަބުތަކާހެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖޫރިމަނާ ކޮށްފައިވާ ސިޔާސީ ޕާޓީތަކުން ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފި ކަމަށްވާނަމަ ސިޔާސީ ޕާޓީތަކަށް ދައުލަތުންދޭ ފައިސާ އެޕާޓީއަކަށް ދޫކުރާނީ ޖޫރިމަނާ ފައިސާ އުނިކުރުމަށްފަހު ކަމަށް އީސީން ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާގޮތަށް ޕީޕީއެމްއިން ފައިސާގެ ކަންކަން ބަލަހައްޓާފައި ނުވާ ކަމަށް އެޕާޓީގެ އޮޑިޓް ރިޕޯޓުގައި އޮޑިޓަރ ފާހަގަ ކުރައްވައިފައިވާތީ އީސީން ވަނީ އެޕާޓީއާއި އެޕާޓީގެ ފައިސާގެ ކަންކަން ބަލަހައްޓަވާ ފަރާތް ޖޫރިމަނާ ކޮށްފައެވެ. ޕާޓީ ޖޫރިމަނާ ކޮށްފައިވަނީ 20000 ރުފިޔާއިންނެވެ.  އެޕާޓީގެ ފައިސާ ބަލަހައްޓާ ފަރާތް 5000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

މީގެ އިތުރަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ރިޕޯޓު ހުށަހަޅަން އޮންނަ މުއްދަތުގައި އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާތީ އީސީން ވަނީ އަދާލަތުޕާޓީ އާއި ދިވެހިރައްޔިތުންގެ ޕާޓީ 50000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެފައިސާ ދެއްކުމަށް އީސީން ވަނީ އެޕާޓީތަކަށް 7 ދުސް ދެއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.