މިހާތަނަށް ސައުވީސް ހާހަށްވުރެ ގިނަ މީހުން ޒަކާތް ދައްކައިފި

މިހާތަނަށް 24،429 މީހުން އިސްލާމިކް މިނިސްޓްރީއަށް ފިޠުރު ޒަކާތް ދައްކާފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމީހުން ދައްކައިފައިވާ ފައިސާގެ ޢަދަދަކީ 1،160،155.00 ރުފިޔާ އެވެ.

މާލެ ސަރަޙައްދުން ޒަކާތް ބަލައިގަންނަނީ އިސްލާމިކް މިނިސްޓްރީންނާއި، ވިލިމާލޭ ހައުސިން ޔުނިޓުންނާއި،ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުންނެވެ. މީގެ އިތުރަށް ބޭންކު އޮފް މޯލްޑިވްސްއާއި، މޯލްޑިވްސް އިސްލާމިކް ބޭންކާއި ދިރާގާއި އުރީދޫ މެދުވެރިކޮށް ވެސް ބައެއް މީހުން ވަނީ ޒަކާތް ދައްކައިފައެވެ.

އިސްލާމިކް މިނިސްޓްރީ އަށް ވަނީ ޒަކާތުގެ ގޮތުގައި ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައްކައިފައެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދެ ލައްކަ އަށްވުރެ ގިނަ ރުފިޔާ ވަނީ ދައްކައިފައެވެ. ޒަކާތުގެ ގޮތުގައި އެޗްޑީސީ އަށް ފަސްދޮޅަސް އެއްހާހަށްވުރެ ގިނަރުފިޔާވަނީ ދައްކައިފައެވެ.

މިނިސްޓްރީން މިއަދު ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ދިރާގު މެދުވެރިކޮށް 45،000 އަށް ވުރެ ގިނަ ރުފިޔާ ދައްކައިފައިވެއެވެ. އިސްލާމިކް ބޭންކް މެދުވެރިކޮށް އެއްތިރީސް ހާހަށްވުރެ ގިނަ ރުފިޔާ ވަނީ ދައްކައިފައެވެ. އުރީދޫ މެދުވެރިކޮށް އަށާރަ ހާހަށްވުރެ ގިނަރުފިޔާ ވަނީ ދައްކައިފައެވެ. ވިލިމާލެ ހައުސިން ޔުނިޓަށް 27،000 އަށް ވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ދައްކައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ރޯދަމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތް ބަލައިގަތުން ކުރިއަށްދާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.