މިއަދު ހިނގި އެކްސިޑެންޓަކާ ގުޅިގެން މީހެއްގެ ލައިސަންސް ހިފަހައްޓައިފި

މާލެ އުތުރު ހާބަރުން ނުކުމެގެން ވިލިގިއްޔާވީ ކޮޅަށް ދަތުރު ކުރަމުންދަނިކޮށް ކޮމާޝަލް ހާބަރުން ފިލާ ބަރުކޮށްގެން ނުކުތް ދޯންޏެއް އެ ބޯޓުގެ ވާތްފަރާތުން ފަހަތުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓުވި ދެ އުޅަނދު ދުއްވި ކެޕްޓަނުންގެ އަތުގައިވެސް ލައިސަންސް އޮވެއެވެ. އެހެންނަމަވެސް އެކްސިޑެންޓުވީ ދޯނީގެ ކެޕްޓަނުގެ އިހުމާލުން ކަމަށްވާނީ އޭނާގެ ލައިންސަންސް ހިފަހައްޓައިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެހެންނަމަވެސް ދެ އުޅަނދަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ. އަދި ބޯޓުގައިހުރި ބައެއް މުދަލަށް ވެސް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.