ރޯޑު ޑިވައިޑަރ ހަލާކުވެ، ޓެކްސީއަކަށް ގެއްލުންވެއްޖެ

ސިނަމާލެ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއް: ފައިލް ފޮޓޯ

މާލެއިން ހުޅުމާލެއަށް ދިޔަ ވޭނެއް ރޯޑް ޑިވައިޑަރގައި ޖެހި އޭތީ ފުނޑުފުޑުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެ ފުނޑުވެގެން ބުރައިގެން ދިޔަ ވަގުތު އޭގެ ޕްލާސްޓިކު ކޮޅުތަކުން ޖެހި ޓެކްސީއަކަށް ގެއްލުންވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 10:11 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

"މާލެއިން ހުޅުމާލެއަށްދިޔަ ވޭނެއް ކޮންޓްރޯލް ނުވެ ގޮސް ރޯޑުޑިވައިޑަރގައިވަނީ ޖެހިފައި. އަދި ޑިވައިޑަރ ހަލާކުވެގެން ބުރައިގެންދިޔަ ޕްލާސްޓިކް ކޮޅުތަކުންޖެހި ހުޅުމާލެއިން މާލެ ދިޔަ ޓެކްސީއެއްގައި ޖެހި ގެއްލުންވެފައިވޭ،" ފުލުހުން ވިދާޅުވިއެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން މީގެ ކުރިން ވެސް ދެތިފަހަރަކުވަނީ ރޯޑު ޑިވައިޑަރ މިގޮތަށް ހަލާކުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.