"ފަސް މީރު ރޯދަ ބައިވެރިޔާ" އަށް ބޮޑު ތަރުޙީބެއްދަނީ ލިބެމުން: މިފްކޯ

ރޯދަމަހަށް ޚާއްސަ ކޮށްގެން މިފްކޯއިން ފަށައިވާ "ފަސް މީރު ރޯދަ ބައިވެރިޔާ" ޕްރޮމޯޝަނަން ޢާއްމުންގެ ތަރުޙީބު ވަރަށް ލިބެމުންދާ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

މިއީ އަގުބޮޑު އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެކެވެ. ރޯދަމަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނެއެވެ.

ޕްރޮމޯޝަނުގައި ބައިވެރިވެ އެއްވަނަ ލިބޭ ފަރާތަކަށް ޢުމްރާދަތުރެއް ލިބޭނެއެވެ.  ދެވަނައަށް ހޮވޭ ފަރާތަކަށް ދެކޮޅު ޓިކެޓާއި ހުރުމާއެކު ތައިލެންޑު ދަތުރެއް ލިބޭނެއެވެ. ތިންވަނަ ލިބޭ ފަރާތަކަށް އެއް އަހަރު ދުވަހަށް ބޭނުންވާ މަސްކޭސް ލިބޭނެއެވެ. އެއީ ދުވާލަކަށް މަސް ދަޅެއްގެ ނިސްބަތުންނެވެ.

ޕްރޮމޯޝަނުގައި ބައިވެރި ވުމަށްޓަކައި 48  ދަޅުގެ ތެޔޮމަސް (ޗަން އިން އޮއިލް) ކޭހެއް ގަންނަންޖެހެއެވެ. އެ ކޭސް ގަތުމުން ކޫޕަނެއް ލިބޭނެއެވެ. އެ ކޫޕަން ފުރުމަށް ފަހު މާލެއާއި، ހުޅުމާލޭގައި ހުންނަ މިފްކޯ މަސްފިހާރަ ތަކަށް ހުށަހެޅުމުން ބައިވެރިވެވޭނެއެވެ. މިގޮތަށް ގަންނަ ކޮންމެ މަސްދަޅު ކޭހަކަށް ލިބޭނީ އެއް ކޫޕަން ކަމަށް ވެސް މިފްކޯއިން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.