މެޓް ގާލާ 2019: ޕްރިޔަންކާ އިންޓަނެޓް މީމް އަކަށް، ދީޕިކާގެ މޭކަޕަށް ގިނަ ބައެއްގެ ތައުރީފު

މިއަހަރުގެ މެޓް ގާލާ އިވެންޓުގައި ގިނަބައެއްގެ ލޯ ހުއްޓުނީ ބޮލީވުޑްގެ ތަރިން ކަމުގައިވާ ދީޕިކާ ޕަދުކޯން އާއި ޕްރިޔަންކާ ޗޯޕްރާ އަށެވެ.

ޕްރިޔަންކާ މިފަހަރު މެޓްގާލާ އިވެންޓަށް ދިޔައީ އޭނާގެ ފިރިމީހާ ނިކް ޖޮނަސް އާއެކުއެވެ. ދީޕިކާ އާއެކު އޭނާގެ ބައިވެރިޔާ ބައިވެރިއެއް ނުވެއެވެ.

މިއަހަރު މެޓް ގާލާ ތީމަކީ 'ކޭމްޕް: ނޯޓްސް އން ފެޝަން' އެވެ. ދެ ތަރިންވެސ ހެދުން އަޅާފައިވަނީ މިއަހަރުގެ ތީމާ ގުޅޭ ގޮތަށެވެ. ނަމަވެސް ޕްރިޔަންކާ އަށް އިތުރު ސަމާލުކަން ހުއްޓި މިހާރު އޭނާގެ މީމްސްތަސއް ދަނީ އިންޓަނެޓުގައި ދައުރުވަމުންނެވެ. ޕްރިޔަންކާގެ ހެދުމަކީ ޑިއޯރ ގައުން އެކެވެ. ނަމަވެސް ގިނަބއެއްގެ ސަމާލުކަން ހުއްޓުނީ އޭނާގެ ބޮލުގައި އަޅާފައި އޮތް ކްރައުން އަށެވެ.

ދީޕިކާ މިފހަރު ހެދުމަށްވުރެ ބޮޑަށް ސަމާޅުކަން ދީފައިވަނީ އޭނާގެ މޭކަޕަށެވެ. ފިޔާތޮށިކުލައިގެ ގައުން އިތުރަށް ފުރިހަމަ ކޮށްފައިވަނީ ބޭނުންކޮށްފައިވާ ކުލަގަދަ ލި-ޕްސްޓިކުންނެވެ.

ތިރީގައި މިވަނީ މިއަހަރުގެ އިވެންޓުގެ ބައެއް ފޮޓޯތަކެވެ.  

View this post on Instagram

Met 2019

A post shared by Priyanka Chopra Jonas (@priyankachopra) on

View this post on Instagram

Met 2019

A post shared by Priyanka Chopra Jonas (@priyankachopra) on

https://www.instagram.com/p/BxJVAQTj6Sv/?utm_source=ig_web_button_share_sheet

View this post on Instagram

#deepikapadukone at #metgala

A post shared by Viral Bhayani (@viralbhayani) on

ޕްރިޔަންކާގެ ބައެއް މީމްސް:

 

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.