ހުޅުމާލެ ގެއަކަށް ވަދެ ފޭރުނުކަމަށް ތުޙުމަތު ކުރެވޭ ދެމީހަކު ހައްޔަރުކޮށްފި

Hulhumale

ހުޅުމާލޭގައި ބެދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ތޫނު އެއްޗަކުން ބިރުދައްކާ ފޭރުނުުކަމަށް ތުޙުމަތު ކުރެވުނު ދެމީހަކު ހުޅުމާލެ ފުލުހުންގެ ބެލުމުދެ ދަށަށް ގެނެސްފިއެވެ.

މި ހިނގާ އޮގަސްޓް 30 ވަނަ ދުވަހުގެ ފަތިހު 05:15 ހާއިރު ގެއަކަށް ވަދެ 1000 ރުފިޔާ ފޭރުނުކަމަށް ބުނެ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ތުޙުމަތުކުރެވޭ ދެމީހުން ހޯދުމަށް ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ކުރަމުންދިޔަ މަސައްކަތުން އެދެމީހުން ފެނިފައިވަނީ  އެދުވަހުގެ ހެނދުނު 06:18 ހާއިރު ހުޅުމާލެ ޝީޝާ ޝޯރޫމް ކުރިމަތިންނެވެ.

މި ދެމީހުން ހުއްޓުވާ ބަލައިފާސްކުރިއިރު އެ ދެމީހުންގެ އަތުން ދެ ވަޅި ފެނިފައިވެއެވެ. މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.