ޖޯ ޖޮނަސް އާއި ސޯފީ ޓަރނަރ ކައިވެނި ކޮށްފި

ބުދަ ދުވަހުގެ ރޭ ލަސް ވެގާސްގައި އޮތް ބިލް ބޯޑު މިއުޒިކް އެވޯޑަށް އަށް ފަހު ޖޯ ޖޮނަސް އާއި އޭނާގެ ލޯބިވެރިޔާ ސޯފީ ޓަރނަރ ކާވެނިކޮށްފިއެވެ.

ޖޮނަސް ބްރަދަރސް ވަނީ ބިލްބޯޑު މިއުޒިކް ހަފްލާގައި ޕާފޯމް ކޮށށްފައެވެ. މިއީ ދިހަ އަހަރަށްފަހު ޖޮނަސް ބްރަދަރސް އެވޯޑް ޝޯއެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އެ ހަފްލާ އަށް ފަހު ޖޮނަސް އާއި ސޯފީ ކާވެނި ކުރީ ލަސް ވެގާސްގެ ޝެޕަލް ލާމޯރ ގައެވެ. ކާވެނީގެ ހަފްލާ އިންސްޓެގްރާމްގައި ލައިވް ކޮށްފައިވެއެވެ.

https://instagram.com/p/Bw8yI3WDWvc/

ޕީޕަލް މެގަޒިން އިން ވަނީ ޖޯ ޖޮނަސް އާއި ސޯފީގެ ކާވެނިކުރިކަން ޔަގީންކޮށްްދީފައެވެ. މިއުޒިކް އެވޯޑުގައި ބައިވެރިވި ގިނަ ފަންނާނުން ކާވެނީގެ ހަފްލާގައި ބައިވެރިވިއެވެ.

ޖޯ އާއި ސޯފީގެ ކާވެނީގެ ރަސްމިއްޔާތު އިންސްޓެްގްރާމްގައި ލައިވްކުރީ އިންސްޓެގްރާމް މޮޑެލް ޑިޕްލޯ އެވެ. އޭނާގެ އިންސްޓެގްރާމް ސްޓޯރީގައި ރަސްމިއްޔާތުގެ ވީޑިއޯތައް ހިއްސާކޮށްފައިވެއެެވެ.

ސޯފީ އަކީ އަކީ ފިލްމީ ތަރިއެކެވެ. އޭނާ ފުރަތަމަ ފެނިގެން ގޮސްފައިވަނީ 2001ވަނަ އަހަރު އެޗްބީއޯ އިން ދައްކަން ފެށި 'ގޭމްސް އޮފް ތުރޯންސް' ގައެވެ. މިހާރުވެސް އޭނާ އެ ސިލްސިލާގައި މަސައްކަތް ކުރެއެވެ. ދުނިޔޭގެ ކަންކޮޅުތަކުން އޭނާ އަށް ބެލުންތެރީންގެ ތާއިދު ލިބެންފެށި އެ ސިލްސިލާގައި އޭނާ ކުޅޭ ސަންސާ ސްޓަރކް ގެ ރޯލުންނެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.