ވެމްކޯއިން ރޯދަމަހު ކުނިނަގާ ގަޑިތައް ހާމަކޮށްފި

އަންނަ ރޯދަމަހު ވެމްކޯއިން ކުނިތައް ނަގާނެ ގަޑިތައް ހާމަކޮށްފިއެވެ.

އެކުންފުނިން ވިދާޅުވީ މާލެ ސަރަހައްދުގައި ކުނިނެގުން ކުރިއަށްދާނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް ކަމަށެވެ. ދެވަނަ ދަންފަޅީގެ މަސައްކަތް ކުރިއަށް ދާނީ 7:30 އިން ފެށިގެން ކުނި ނަގައި ނިމެންދެނެވެ.

"ރޯދަމަސް ވީމައި އަޅުގަނޑުމެން ބައެއް ފަހަރު ދަންވަރު ދޭއްޖަހަންދެން ވެސް މަސައްކަތް ކުރަންޖެހޭ. އެހެންވެ އަޅުގަނޑުމެން މިވަނީ މަސައްކަތް ނިމެންދެން ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފައި. އެހެންނަމަވެސް މިބަލަނީ ބާރަޖަހާއިރު ނިމޭނެ ކަމަށް،" ވެމްކޯގެ ޖެނެރަލް މެނޭޖަރ އޮޕަރޭޝަން ޝާފިޢު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަވީރު 5:00 އިން 7:00 އަށް މަސައްކަތް މެދުކަނޑާލަނީ ރޯދަ ވީއްލުމަށާއި ނަމާދު ކުރުމަށެވެ. ރޯދަމަސް ނޫން ދުވަސްތަކުގައި ކުނިއުކާލުމުގެ މަސައްކަތް ކުރަނީ މެންދުރުފަހު 3:30 އިން ރޭގަނޑު 10:00 އަށެވެ.

އޭނާ ވިދާޅުވީ އައްޑުއާއި ފުވައްމުލަކުގައި އެ މަސައްކަތް ކުރާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. އެއަށްފަހު ރޭގަނޑު މަސައްކަތް ފަށާނީ 8:30 ގައެވެ. މަސައްކަތް ނިންމާނީ ހުރިހާސް ކަސްޓަމަރުންގެ ގޭގެއިން ކުނި ނަގައި ނިމުމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.