ވައިޓްހައުސް އިން ޓުވީޓުކުރި ފޮޓޯ އަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕްގެ 49ވަނަ އުފަން ދުވަހު ވައިޓް ހައުސް އިން ޓުވީޓުކުރި ފޮޓޯ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. އުފަން ދުވަހުގެ ތަހުނިޔާ އާއެކު ވައިޓް ހައުސް އިން ޓުވީޓުކުރި ފޮޓޯ ހޮވާފައިވާ ގޮތާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ފޮޓޯ އަށް އެއްބަޔަކު ފާޑު ކިޔަމުންދާ އިރު މި ފޮޓޯ އަށް ހަދާފައިވާ ގިނަ މީމްސްތަކެއް މިހާރު އިންޓަނެޓުގައި ދައުރުވަމުން އެބަދެއެވެ.

ވައިޓް ހައުސްގެ ރަސްމީ ޓުވިޓަރ އެކައުންޓުން ޓުވީޓު ކުރި ފޮޓޯ އަކީ މާޗު މަހު ނަގާފައިވާ ފޮޓޯ އެކެވެ. ގިނިކަންޏާ އޯވަލް އޮފީހުގެ ސޯފާއެއްގައި މެލާނިއާ އިންނެވިއިރު ފޮޓޯގްރާފަރުން ދިޔައީ އެކަމަނާގެ ފިރިކަލުން ރައީސް ޓްރަމްޕާއި ޗެކް ބޮޑުވަޒީރު އަންދްރޭޖް ބާބިސް ގެ ފޮޓޯ ނަގަމުންނެވެ. ނަމަވެސް ވައިޓް ހައުސް އިން ޓުވީޓުކުރި ފޮޓޯއަށް އެކަމަނާގެ ފިރިކަލުންނާއި ޗެކް ބޮޑުވަޒީރު އަރާފައިނުވެއެވެ.

އުފާވެރި މުނާސަބަތަކާ ގުޅިގެން ވައިޓް ހައުސް އިން ހިއްސާކުރި ފޮޓޯ ގިނަބަޔަކު ސިފަކުރަނީ ހިތާމައިން ފުރިގެންވާ ފޮޓޯއެއްގެ ގޮތުގައެވެ.   

ފޮޓޯ އަށް ހަދާފައިވާ ބައެއް މީމްސް:

ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕުޓިން

ހޮލީވުޑްގެ ތަރި ކިއާނޫ ރީވްސް ފޮޓޯޝޮޕްކޮށްފަ
މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.