ޓެރަރިޒަމްގެ ނުރައްކަލަށް ތަޢުލީމީ ދާއިރާ އަހުލުވެރިކުރުމުގެ ބައްދަލުވުން ބާއްވައިފި

ފޮޓޯ އެންސީޓީސީ

  ދިވެހިރާއްޖެއަށް އޮތް ފިކުރީ ހައްދު ފަހަނައެޅުމާއި ޓެރަރިޒަމާ ބެހޭގޮތުން ތަޢުލީމީ ދާއިރާ އަހުލުވެރިކުރުމަށްޓަކައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަޙްމަދު ރިޔާޟެވެ.

މި މަސައްކަތު ބައްދަލުވުމަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ އަދި ޔު.އެން.ޑީ.ޕީ ގުޅިގެން، ތަޢުލީމީ ދާއިރާއަށް ޚާއްސަ ކޮށްގެން ބޭއްވި ބައްދަލުވުމެކެވެ. ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ސްކޫލްތަކުގެ އިސްބޭފުޅުންނެވެ.  އެއްދުވަހުގެ މުއްދަތަށް ހިންގުނު މި މަސައްކަތު ބައްދަލުވުމުގައި ތިލަދުންމަތީ ދެކުނުބުރީގެ 15 ސްކޫލަކުން 34 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއީ ތަޢުލީމީ ދައިރާގައި މަސައްކަތް ކުރައްވާ އިސްބޭފުޅުންނަށް ޚާއްސަކޮށްގެން ހިންގާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކެކެވެ. މީގެ ކުރިންވަނީ ދެފަހަރެއްގެ މަތިން "ގްރޭޓަރ މާލެ" ސަރަހައްދުގައިވާ ސްކޫލްތަކާއި އައްޑޫ ސިޓީ ސްކޫލްތަކުގައި މަސައްކަތްކުރައްވާ އިސްބޭފުޅުންނަށް ޚާއްސަކޮށްގެން މި މަސައްކަތު ބައްދަލުވުން ބާއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.