މުސްތަފާ އަޒުމީ އަވަހާރަވެއްޖެ

އެސްޓީއޯގެ އައިޓީ ޑިޕާޓުމެންޓުގެ ވެރިއަކަށް މަސައްކަތް ކުރެއްވި މުސްތަފާ އަޒުމީ މިރޭ އަވަހާރަ ވެއްޖެއެވެ. އޭނާ އަވަހާރަވީ މާފަނު، މުޙައްމަދު ޖަމީލު މިސްކިތުގެ ލަކުޑީގެ މަސައްކަތެއްގައި އުޅުއްވަނިކޮށް ދެވަނަ ބުރިން ވެއްޓިވަޑައިގެންނެވުމުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ގެންދަވަނިކޮށެވެ.

މިސްކިތުގެ ދެވަނަބުރިން އަޒުމީ ވެއްޓިވަޑައިގެންނެވީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުއެވެ. އެ ޙާދިސާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފުރަތަމަ ފަރުވާ ދެއްވާފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެފަހުން އިތުރުފަރުވާއަށް އިންޑިއާގެ ބެންގަލޫރަށް ވެސް ގެންދެވިއެވެ. އެހެންނަމަވެސް އެތަނުން ވެސް ދެވޭނެ އިތުރުފަރުވާއެއްނެތިގެން އޭނާވަނީ އެއާ އެމްބިޔުލާންސްގައި މާލެ ގެނެސްފައެވެ. އަވަހާރަވީ މާލެ ގެންނެވި ތަނާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޢުމުރުން އެކާޅީސް އަހަރުގެ އަޒުމީ މިހާރުވަނީ އޭޑީކޭ ހޮސް ޕިޓަލަށް ގެންގޮސްފައެވެ. އޭނާ ވެއްޓިވަޑައިގެންނެވުމުގެ ސަބަބުން ބޮލަށާއި ފުއްޕާ މެއަށް ވަނީ އަނިޔާވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.