ތޫނު އެއްޗަކުން މީހަކަށް ޙަމަލާ ދިނުމަށްފަހު ފިލަންދުވި މީހަކު ބަންދު ކޮށްފި

މިރޭ 22:27 އެހައިކަންހާއިރު ބަނގްލަދޭޝް ރައްޔިތަކަށް ތޫނު އެއްޗަކުން ޙަމަލާ ދިނުމަށްފަހު ފިލަންދުވި އެ ޤައުމުގެ މީހަކު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެމީހާއަށް ތޫނު އެއްޗަކުން ޙަމަލާ ދީފައިވަނީ ސަލްސާ ރޯޔަލް ކައިރިންނެވެ. މި ޙަމަލާގައި އެމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ. އައިޖީއެމްއެޗުގައި މިހާރުދަނީ އޭނާއަށް ފަރުވާ ދެމުންނެވެ.

އެ މީހާއަށް ހަމަލާދިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ "ޙަމަލާ ދިނުމަށްފަހު ދުވެފައިދާތަން ފުލުހުންނަށް ފެނިގެން ފަހަތުން ދުވެފައި ގޮސް އޭއެމްޑީސީ ކައިރިން،" ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޙަމަލާ ދިން ސަބަބެއް ވެސް އަދި އެނގިފައެއް ނުވެއެވެ، ފުލުހުން ގެންދަނީ މައްސަލަ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.