އައްޑޫ ހައުސިން ޔުނިޓުތަކުގެ ޙާލަތު ބެއްލެވުމަށް ފަހު މިނިސްޓަރ އާތިފާ ފުރާވަޑައިގެންފި

އައްޑޫ ސިޓީގައި ޢިމާރާތްކޮށް ނިމިފައިވާ ހައުސިންގް ޔުނިޓްތަކުގެ މިހާރުގެ ހާލަތު ބައްލަވާލެއްވުމަށް ހައުސިން މިނިސްޓަރ އާމިނަތު އާތިފާ އައްޑޫ ސިޓީއަށް އިއްޔެ ފެއްޓެވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މިއަދު މާލެ ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރވަނީ އައްޑޫ ސިޓީ ކައުންސިލާ ބައްދަލު ކުރައްވައި ހައުސިންއާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި އައްޑޫ ސިޓީގައި 1500 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އޭގެ އިތުރަށް މިދަތުރުފުޅުގައިވަނީ  ފޭދޫ ރޯހައުސްތައް ބައްލަވައި އެރޯހައުސްތަކުގެ ވެރިންނާ ބައްދަލު ކުރައްވައި އެމީހުންގެ ޝަކުވާތައް އަޑު އައްސަވައިފައެވެ. އަދި

ހިތަދުއާއި، ހުޅުދޫގައި އިމާރާތްކޮށް ނިމިފައިވާ ހައުސިންގް ޔުނިޓްތައް އޭގެ ހައްޤުވެރިންނަށް ހަވާލު ކުރުމުގެ ކުރިން އެތަންތަން ހުރިގޮތް ވެސް އެކަމަނާ ބައްލަވައިލެއްވިއެވެ.

އޭގެ އިތުރަށް ހުޅުދޫ ކޯޕަރޭޓިވް ސޮސައިޓީއަށް ވެސް އެލަމަނާ  ވަދީ ޒިޔާރަތް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.