މިނިސްޓަރ އޮފް ހައުސިންގ އެންޑް އާރބަންޑިވޮލޮޕްމެންޓް އައިމިނަތު އާތިފާ އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
ހައުސިންގ މިނިސްޓްރީން ބުނީ މިނިސްޓަރ އާތިފާގެ މިދަތުރުފުޅަކީ އައްޑޫ ސިޓީގައި ކުރިޔަށްދާ ހައުސިންގ އާއި ގުޅުންހުރި ބަޔެއް މަޝްރޫއުތައް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މިނިސްޓަރުގެ މިދަތުރުފުޅަކީ ދެދުވަހުގެ ދަތުރުފުޅެކެވެ.
މިނިސްޓްރީން ބުނީ މިދަތުރުފުޅުގައި އައްޑޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި
ހުޅުމީދޫ އާއި ހިތަދޫ ހައުސިންގް ޔުނިޓުތައް ބައްލަވާ ފޭދޫ ރޯ ހައުސްތައްވެސް ބައްލަވާލައްވާނެ ކަމަށެވެ.
މިނިސްޓަރު އައްޑޫއަށް ވަޑައިގެންނެވިއިރު އެ ސިޓީގައި ކުރިޔަށް ގެންދިޔަ ބަޔެއް ހައުސިންގ މަޝްރޫއުތައް ވަނީ ނިމިފައެވެ. އައްޑޫގައި ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކާއި ބަނދަރާއި މަގު ހެދުމުގެ މަޝްރޫއުތައްވެސް ކުރިޔަށް އެބަދެއެވެ.