ހއ. އާއި ލ. އަތޮޅާ ދެމެދުގެ ރަށްރަށަށް ވައިޓް އެލާޓް ނެރެފި

ހއ. އާއި ލ. އަތޮޅާ ދެމެދުގެ ރަށްރަށަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ކަމަށް ލަފާކުރެވޭތީ އެސަރަޙައްދަށް ވައިޓް އެލާޓް ނެރެއިފިއެވެ.

އެސަރަޙައްދަށް މެޓު އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 6:30 އިން 00:30 އަށެވެ. އެ ދެމެދު ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް ވާރޭ ނުވެހި ހޫނު މޫސުން ދިގުދެމިގެން ދިޔުމަށްފަހު މިހާރުވަނީ ވާރޭވެހެން ފަށައިފައެވެ. ވާރޭ ނުވެހި ލަސްވުމުން މާލެއާއި ބައެއް ރަށްރަށުގައި ވަނީ އިސްތިސްޤާ ނަމާދު ވެސް ކޮށްފައެވެ.

ރާއްޖޭގެ ޢާއްމު މޫސުމަށްބަލާއިރު ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހ ގުގުރާނެ ކަމަށް މޫސޫމާ ބެހޭ އޮފީހުން ވަނީ ވިދާޅުވެފައެވެ. ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް ވެސް މެޓު އޮފީހުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.