ހެޕީމާކެޓުން ހިންމަފުށީގައި ފިހާރައެއް ހުޅުވައިފި

ޙުސައިން ޢަބްދުއްރަޙުމާން "ހެޕީމާކެޓު ޝޮޕް 7" ހުޅުވައި ދެއްވަނީ: ފޮޓޯ ހެޕީމާކެޓު

މިއަހަރުގެ ރޯދަމަހާ ދިމާކޮށް ހެޕީމާކެޓުން އައު ފިހާރައެއް ކ. ހިންމަފުށީގައި އިއްޔެ ހުޅުވައިފިއެވެ.

"ހެޕީމާކެޓު ޝޮޕް 7" ގެ ނަން ދީފައިވާ މިފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ ހިންމަފުށީ ކައުންސިލްގެ ޒިންމާދާރު ވެރިއެއްކަމަށްވާ ޙުސައިން ޢަބްދުއްރަޙުމާނެވެ.

ހެޕީމާކެޓުގެ މާކެޓިން އެގްޒެކެޓިވް ފާތިމަތު އައިރީން ވިދާޅުވީ ހެޕީމާކެޓުން މާކެޓުކޮށް ޑިސްޓްރިބިޔުޓުކުރާ ހުރިހާ މުދަލެއް މާލެއާ އެއް އަގެއްގައި އެ ފިހާރައިން ލިބޭނެ ކަމަށެވެ. މިއީ ހިންމަފުށީ ފަދަ ރަށެއްގައި ހެޕީމާކެޓުން ހުޅުވި ފުރަތަމަ ފިހާރައެވެ.

ޙުސައިން ޢަބްދުއްރަޙުމާން "ހެޕީމާކެޓު ޝޮޕް 7" ހުޅުވައި ދެއްވަނީ: ފޮޓޯ ހެޕީމާކެޓު

ހެޕީމާކެޓުގެ ފެން އުފައްދާ ކުންފުނި ލައިފް ވޯޓަރ ބޮޓްލިން ފެކްޓްރީ ވެސް ހިންގަނީ  ހިންމަފުށީގައެވެ. މިފަދަ ފިހާރައެއް އެރަށުގައި ހުޅުވުމުގެ މުހިންމު އެއް މަޤުސަދަކީ އެރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމުގެ އަގުވަޒަން ކުރުން ކަމަށް ވެސް ހެޕީމާކެޓުން ވިދާޅުވެފައިވެއެވެ. އަދި ހެޕީމާކެޓުން ވިއްކާ ހުރިހާ މުދަލެއް (ޚާއްސަކޮށް ފިނުކުރި މުދާ) އޭގެ އެންމެ ތާޒާކަންމަތީ ހިންމަފުށީ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ވެސް މުހިންމު މަޤުސަދެއް ކަމަށް ހެޕީމާކެޓުން ވިދާޅުވިއެވެ.

"ހެޕީމާކެޓު ޝޮޕް 7" ހުޅުވުމުގެ ރަސްމިއްޔާތުގައި ހެޕީމާކެޓުގެ ސީއީއޯ އަލީ އިޙުސާން ވާހަކަ ދައްކަވަނީ: ފޮޓޯ ހެޕީމާކެޓު

އައިރީން ވިދާޅުވީ އެފިހާރައިގައި މަސައްކަތް ކުރާނީ މުޅިން ވެސް ހިންމަފުށީ ޒުވާނުން ކަމަށެވެ. އެހެންނަމަވެސް އެފިހާރައިން ވަޒީފާ ލިބިފައިވަނީ އެރަށުގެ ކިތައް މީހުންނަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

"ހެޕީމާކެޓުގެ އަމާޒަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވިއްކާ އެންމެ ކޮލިޓީ ރަނގަޅު ގިނަ ޢަދަދެއްގެ ކެއިންބުއިމުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް އެތަކެތި ރާއްޖެއިން ލިބޭނެގޮތް ހެދުމެވެ." ހެޕީމާކެޓުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.