އިންޖީނު ހުއްޓުނު ލޯންޗެއް މަނިޔަފުށްޓަށް ވައްދައިފި

ރޭ ކެޔޮޅު ކަމަށް ނުކުމެ އުޅެނިކޮށް އިންޖީނު ހުއްޓުނު ލޯންޗަކަށް އެމްއެންޑީއެފް ސިފައިން އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ.

އެމްއެންޑީއެފުން އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކ.އިތާފުށި ކައިރިންނެވެ. މި ލޯންޗަކީ "އޮކްޓޭވް ސްޕީޑް" ނަމަކަށް ކިޔާ އުޅަނދެކެވެ. މީގެ ދިގުމިނަކީ ވިހި ފުޓެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ އަންގާރަ ދުވަހުގެރޭ 23:51 އެހައިކަންހާއިރު އެވެ. މަޢުލޫމާތު ލިބުމާއެކު "އޮކްޓޭވް ސްޕީޑް" ލޯންޗަށް އެހީތެރިކަން ފޯރުކޮށްދޭން ފެށިކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި، ލޯންޗުގެ ވެރިފަރާތާ ގުޅިގެން ލޯންޗު އޮތް ސަރަޙައްދާ ކައިރީގައިވާ ކ.މަނިޔަފުއްޓަށް އެ ލޯންޗު މިހާވަނީ ވައްދާފައި ކަމަށް ވެސް ވިދާޅުވިއެވެ.އަދި، އެ ލޯންޗުގައި ތިބި ފަސް މީހުން އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗުގައި މިރޭ ދަންވަރު 02:34 ހާއިރު ވަނީ މާލެ ގެނެސްދީފައެވެ.

މި ހާދިސާ ހިނގިއިރު، އެ ލޯންޗުގައި ތިބީ 5 ދިވެހިންނެވެ. އަދި، އެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.