މުސައްލައާއި މުސްޙަފް, ހުރިހާ މުއައްސަސާތަކަށް ހަދިޔާ ކުރަނީ

އަންނަ ރަމަޟާން މަހު، ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނެތް ތަންތަން ބަލައި އެކަން ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ އެފަދަ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށްފަހު ނަމާދު ކުރުމަށް ބޭނުންވާ މުސައްލައާއި، މުސްޙަފް ވެސް ހަދިޔާ ކުރައްވާނެ ކަމަށެވެ.

ފަސޭހައިން ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މިނިސްޓްރީން ވަނީ 74 މުއައްސަސާއަކަށް ސިޓީ ފޯނުވައިފައެވެ. އޭގެ ތެރެއިން 19 ތަނަކުން އަދި ޖަވާބެއް ނުދެއެވެ. އެހެންނަމަވެސް 23 މުއައްސަސާއަކުން ވަނީ ނަމާދު ކުރުމުގެ ޖާގަ ހަމަޖެހިފައިނުވާކަން ހާމަކުރައްވައިފައެވެ. އަދި  32 މުއައްސަސާއަކުން ވަނީ ނަމާދު ކުރުމުގެ ޖާގަ ހަމަޖެހިފައިވާކަން ހާމަކުރައްވައިފައެވެ.

"މި މަސައްކަތް ފެށުމަށްޓަކައި ނަމާދު ކުރުމުގެ ޖާގަނެތް ކަމަށް އަންގާފައިވާ ތަންތަނަށް ޒިޔާރަތްކޮށް ސާވޭކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވަނީ ފަށައިފައި،" މިނިސްޓްރީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.