އައްޑުއަށާއި ފުވައްމުލަކަށް ޔެލޯ އެލާޓް ނެރެފި

lއެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑުއާއި ފުވައްމުލަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެޓެ އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.

އެ ދެ ސިޓީއަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާ ވަގުތަކީ މެންދުރު 12:40 އިން 15:40 އަށެވެ. މިހާރު ވެސް އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހެމުން އެބަދެއެވެ.

ރާއްޖޭގެ މޫސުމަށް ޖުމްލަކޮށް ބަލާއިރު މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ. އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެއަސަރު ފޯރާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ވައިޖެހޭނެ ކަމަށް ލަފާ ކުރައްވައިފައިވަނީ ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކުރައްވާފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.