ހުޅުމާލެއަށް އެތެރެކުރަން އުޅުނު 48 ދަޅު ބަނގުރާ އަތުލައިގެންފި

ގިނަ ޢަދަދެއްގެ ބަނގުރާ ދަޅުތަކެއް ހުޅުމާލެއަށް އެތެރެކުރަން އުޅުނު ދެމީހަކު ބަންދު ކޮށްފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހުޅުމާލެއަށް ބަނގުރާ އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ޑިންގީއެއްގައެވެ. އެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމުން އެޕްރީލް 11ވަނަ ދުވަހުގެ 22:50 ހާއިރު ފުލުހުން ވަނީ އޮޕަރޭޝަނެއް ހިންގައފައެވެ. މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޑިންގީވަނީ ހުޅުމާލެއަށް ކައިރިކޮށް އެ ތަކެތި ހިމެނޭ ކަޅުކުލައިގެ ކޮތަޅެއް ދެ މީހަކާ ޙަވާލު ކުރިއެވެ. އަދި އެދެމީހުން އެ ހިފައިގެން ސައިކަލުގައި ދާން އުޅުމުން ފުލުހުން ވަނީ އެމީހުން ހުއްޓުވައިފައެވެ. މީހުން ހުއްޓުވައި ކޮތަޅު ބެލިއިރު އޭގައި ވަނީ  48 ދަޅު ބަނގުރާއެވެ. އެ ދެމީހުން ހުއްޓުވަން އުޅުނު ފުލުހަކަށް އެތަނުން އެކަކުވަނީ ޙަމާލާ ވެސް ދީފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ހުޅުމާލެ ޕޮލިހުން ގެންދަނީ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.