ފިއްލަދޫ ކައުންސިލްގެ ދެ ގޮނޑި ވެސް އެމްޑީޕީއަށް

ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުލުން ނިންމައި ވޯޓު ގުނުން ކުރިއަށްދަނީ: ފޮޓޯ އިލެކްޝަން

ހއ. ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފިއެވެ. އެ ކެންޑިޑޭޓުންނާ ވާދަކުރީ ޕީޕީއެމްގެ ދެ ކެންޑިޑޭޓުންނެވެ.

 އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިޚާބު ކާމިޔާބުކުރި އެމްޑީޕީގެ ޢަބްދުﷲ ރިޔާޒަށް ލިބިފައިވަނީ 352 ވޯޓެވެ. އެޕާޓީގެ މުޙައްމަދު ޝިޔާދަށް ލިބިފައިވަނީ 289 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓުންގެ ތެރެއިން މުޙައްމަދު މޫސާއަށް ލިބިފައިވަނީ 283 ވޯޓެވެ. މަރިޔަމް ޒޫނާއަށް ލިބިފައިވަނީ 184 ވޯޓެވެ.

މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޢަދަދަކީ 783 އެވެ. ވޯޓުލީ މީހުންގެ ޢަދަދަކީ 575 އެވެ. ވޯޓުލީ މީހުންގެ އިންސައްތައަކީ 73.44 އެވެ. ބާތިލް ވޯޓުގެ ޢަދަދަކީ 12 އެވެ.

ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަން ބޭއްވި އެ ކައުންސިލްގެ 2 މެމްބަރަކު އިސްތިއުފާ ދެއްވުމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.