މަޖިލިސް އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުން މިރޭ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުން މިރޭ އޮންނާނެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވީ ރަސްމީ ނަތީޖާ އިޢުލާން ކުރުން އޮންނާނީ އިންތިޚާބީ މަރުކަޒުގެ ޓްރެއިނިން ހޯލުގައި މިރޭ 9:30 ގައެވެ. ވަގުތީ ނަތީޖާ މިހާރުވަނީ އިޢުލާންކޮށް ނިމިފައެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ތަފާތު ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކޮށްފައިވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމް.ޑީ.ޕީ އެވެ. އެޕާޓީން ވަނީ 65 ގޮނޑިއަށްވުރެ ގިނަގޮނޑި ކާމިޔާބުކޮށްފައެވެ.

މި އިންތިޚާބުގައި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.

ވޯޓްލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 80 ޕަސެންޓު މީހުން އިންތިޚާބުގައި ވޯޓުލައިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.