މާވަށު ދާއިރާގެ ގޮނޑިއަކީ މުޅި މަޖިލީހުގައި ވެސް އެންމެ ޙަރަކާތްތެރި އެންމެ ވަރުގަދަ ގޮނޑިއަށް ހައްދަވާނެ ކަމުގެ ވަޢުދު އަލްފާޟިލް މުޙައްމަދު ސަޢީދު އާކުރައްވައިފިއެވެ. މާވަށު ދާއިރާގެ ބައެއް ފޮށިތައް އަންގާރަ ދުވަހުގެ ރޭ އަލުން ގުނުމުން ވެސް ނަތީޖައަށް ބަދަލު ނައުމުން، އެ ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންފައިވާ މުޙައްމަދު ސަޢީދު ވިދާޅުވީ އެހެން ޕާޓީއެއްގެ މެޖޯރިޓީ މަޖިލީހުގައި ކިތަންމެ ބޮޑު ކަމުގައި ވިޔަސް އެކަމާ އެއްވެސް ޖެހިލުންވެވަޑައެއް ނުގަންނަވާ ކަމަށާއި މާވަށު ދާއިރާގެ ގޮނޑިއަކީ ބާރުގަދަ، ވަރުގަދަ ނުފޫޒުގަދަ ގޮނޑިއަކަށް ހައްދަވާނެ ކަމުގައެވެ. މިއީ އިންތިޚާބުގެ ކުރިން ވެސް އޭނާ ވެވަޑައިގަތް ވަޢުދެކެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ސަޢީދު އެ ދާއިރާއަށް ވާދަކުރެއްވި އިރު، އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ފަލާޙެވެ. މިހާރު އެ ދާއިރާ ތަމްސީލުކުރައްވާ މެންބަރު އަޒުހާނު ފަހުމީ އުޅުއްވަނީ ތިންވަނައިގައެވެ. މުޙައްމަދު ސަޢީދަށް ޕީޕީއެމުން ވޯޓު މަދުކޮށް އޭނާ ހޮވުނަ ނުދިނުމަށްޓަކައި ބަޔަކު ފަންޑު ކޮށްގެން ކުރިމަތިލެއްވި ޝާދިޔާ ތައުފީޤަށް ލިބިވަޑައިގަތީ ސާޅީހަކަށް ވޯޓެވެ.
ކުރީގެ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރ މުޙައްމަދު ސަޢީދަކީ ރައީސް ޔާމީން ގައުމަށް ގެނެސްދެއްވި ޢުމްރާނީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގެ ވަރަށް ބޮޑު ޙިއްސާދާރެކެވެ. އޭނާއަކީ އިޤްތިޞާދީ ދާއިރާއިން މަތީ ތަޢުލީމާއި ތަޖުރިބާ ހޯއްދަވައިގެން ހުންނެވި އިޤްތިޞާދީ މާހިރެކެވެ.
މާވަށު ދާއިރާގެ ބައެއް ފޮށިތައް އަލުން ގުނާން އިލެކްޝަންސް ކޮމިޝަނުން ނިންމެވީ އެ ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ފަލާޙު ކުރެއްވި ޝަކުވާއަކާ ގުޅިގެން ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގިނަ ދާއިރާތަކުގެ ރަސްމީ ވަގުތީ ނަތީޖާ އިޢުލާނުކޮށްފައި ވީ ނަމަވެސް މާވަށު ދާއިރާގެ ވަގުތީ ނަތީޖާ އަދި އިލެކްޝަން ކޮމިޝަނުން އިޢުލާނުކުރެއްވި ކަމެއް އެނގިފައެއް ނެތެވެ.
އަލަށް އިންތިޚާބުވެވަޑައިގަތް މެންބަރުން ހުވާކުރައްވާނީ އަންނަ މޭ މަހު 28 ގައެވެ.
E GONDEEGE ISHEENNAN HUNNA BAYAAI LENGEN HUNNA BAIGA VES Boa dangandu lavvaafa gondi thayyaru kuarahche. Ey run gina guvahuvesq hunaanee
ހުނިގޮޑިއަކަށްތަ