ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ މަޝްރޫއު މާދަމާ ރައީސް ފައްޓަވައި ދެއްވާނެ

ފޮޓޯ: އެމް.ޑަބްލިއު.އެސް.ސީ

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ނަރުދަމާ އެޅުމާއި ސާފު ފެން ދިނުމުގެ މަޝްރޫއު މާދަމާ ހެނދުނު ފައްޓަވާނޭ ކަމަށް އެމްޑަބްލިޔޫއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ގްރޭޓަރ މާލެ ކަމުގައި ބަލަމުން ގެންދާ ސަރަހައްދުގައި ސާފު ފެން ނުލިބޭ އެއްވެސް ތަނެއް ނުހުންނާނެއެވެ. ގްރޭޓަރ މާލެ ކަމުގައި ބަލަމުން ދަނި މާލެއާއި، ވިލިނގިއްޔާއި، ހުޅުމާލެއާއި، ތިލަފުއްޓާއި، ގުޅިފަޅެވެ. މިއިން އެއްވެސް ތަނެއްގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް ފެން ނުލިބި ނުހުންނާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މާދަމާ ފައްޓާ ފެނުގެ މަޝްރޫއަކީ އެ ސަރަހައްދުގައި މީހުން ދިރިއުޅޭން ފައްޓާން ވާއިރަށް ފެން ސަޕްލައި އާއި ނަރުދަމާގެ ކަންތައް ހަމަޖެހފައި ހުންނާނޭ ގޮތް ހެދުމުގެ ގޮތުން ފައްޓާ މަޝްރޫއެކެވެ.

"މިއީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ފެނާއި ނަރުދަމާގެ މަޝްރޫއު. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވާނެ. މި މަޝްރޫއު ނިމުމާއެކު ހުޅުމާލޭ ފޭސް އެކަކަށް ލިބޭ ފަދައިން ފޭސް ދޭކަށްވެސް ދަތިކަމެއް ނެތި ފެން ލިބޭނޭ ގޮތް ވެގެން ދާނެ." އާފަތިހަށް ދެއްވި ބަސްދީގަތުމެއްގައި އާޒިމް ވިދާވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.