އާމްދަނީ ނުލިބޭ މީހުންނަށް އާމްދަނީ ލިބެންދެން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ: ރައީސް

އާމްދަނީ ނުލިބޭ މީހުންނަށް އާމްދަނީ ލިބެންދެން ސަރުކާރުން ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރުގެ ދާއިރާތަކަށް ކުރިމަތިލައްވައިފައިވާ 4 ބޭފުޅުންގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންވެ.

އާޓިފިޝަލް ބީޗު ސަރަޙައްދުގައި މިރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މާލެއާއި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ ކަންކަން ތިންޔަކަށް ބައްސަވާ ލައްވައިގެން ކުރިއަށް ގެންދަވާ ކަމަށެވެ.

"ފުރަތަމަ އެއްވެސް ބޯހިޔާވަހިކަމެއްނެތި އާމްދަނީ އެއް ނުލިބި އުޅޭ މީހުންނަށް އާމްދަނީއެއް ލިބެންދެން ހިލޭ ސަރުކާރުން ބޯހިޔާ ވަހިކަން ފޯރުކޮށްދޭނެ،" ރައީސް ވިދާޅުވިއެވެ.

 އޭގެ އިތުރަށް ލިބޭ އާމްދަނީން ދެކޮޅު ނުޖެއްސޭ ފަރާތްތަކަށް ސަރުކާރުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ފުލެޓު ގަނެވޭނެ ގޮތް ހައްދަވައި ދެއްވައި އެފަރާތްތަކަށް ލުއި ލޯނު ލިބެނޭގޮތް ހައްދަވައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.