އެންމެކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވައިފި

އެންމެކުޑަ އުޖޫރަ ކަނޑައެޅުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރާނަމަ އެކަން ވަގުތުން ހުއްޓާލުމަށް މޯލްޑިވްސް ޓްރޭޑު ޔޫނިއަން (އެމްޓީޔޫ) އިން ގޮވާލައިފިއެވެ.

އެމްޓީޔޫއިން މިގޮތަށް ގޮވައިލެއްވީ ރާއްޖޭގައި އެންމެކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ކުރައްވާނެ ކަމުގެ ވާހަކަތައް ދައްކަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އެމްޓީޔޫއިން ވިދާޅުވެފައިވަނީ އެންމެ ކުޑައުޖޫރަ ކަނޑައެޅުމަކީ ދާއިމީ ގޮތެއްގައި ރައްޔިތުންނަށް ނުވަތަ އިގުތިސާދަށް ގެއްލުންވެދާނެފަދަ ކޮމިޔުނިޒަމާއި ސޯޝަލިޒަމްގެ ވާތުފިޔައިގެ ހަރުކަށި ފިކުރެއް ކަމަށެވެ. "ދިވެހިރާއްޖޭގައި އެންމެކުޑަ އުޖޫރަ ކަނޑައެޅުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރާނަމަ އެމަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޔޫނިއަންގެ ކުޑައިގެ ދަށުގައިވާ ވިޔަފާރިތަކުގެ ފަރާތުން ގޮވައިލަމެވެ." އެމްޓީޔޫ އިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

އެތަނުން ވިދާޅުވެފައިވަނީ ދިވެހިންނަށް ތަނަވަސް ފާގަތި ދިރިއުޅުމެއް ކަށަވަރުކޮށްދޭން ބޭނުންވާ ކަމަށްވާނަމަ މަތީފަންތީގެ ވަޒީފާތައް ދިވެހިންނަށް ލިބޭނެ ގޮތްހަދަން ޖެހޭ ކަމަށެވެ. އަދި ބިދޭސީންނާ އަޅާ ބަލާއިރު ދިވެހިންގެ ދިވެހިންގެ ދަރަޖަ އެއްވެސް ގޮތަކަށް ދަށްނުކުރުމަށް ވަޒީފާދޭ ފަރާތްތަކަށް އެތުން ވަނީ ގޮވައިލައްވައިފައެވެ. އަދި މުވައްޒަފަށް ލިބެންޖެހޭ އިތުރުގަޑިއާއި، ސާވިސްޗާޖާއި އެލަންވަންސްތައް ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ލިބިދިނުމަވެސް ވެސް އެމްޓީޔޫއިން ވަނީ ގޮވައިލައްވައިފައެވެ.

ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައަޅައިފި ކަމަށްވާނަމަ ކުދި އަދި މެދުފަންތީގެ ފިޔަފާރިތައް ހުއްޓުމަކަށް އަތުވެދާނެ ކަމަށް ވެސް އެބަޔާނުގައި ވިދާޅުވެފައެވެ. އެކަންއެގޮތަށް ވެއްޖެ ކަމަށްވާނަމަ އޭގެ ނޭދެވޭ އަސަރު މަތީ ފަންތީގެ ވިޔަފާރިއަށް ވެސް ކުރާނެ ކަމަށް އެ ޔޫނިއަނުން ވިދާޅުވެފައިވެއެވެ.

"ގަވަރުމެންޓް ސެކްޓަރ އާއި ސިޔާސީ ވަޒީފާތަކުގެ އުޖޫރަ ކަނޑައަޅާހެން އެއްވެސް ދިރާސް ކުރުމެއްނެތި ޕަބްލިކް ސެކްޓަރއާއި ޕްރައިވެޓް ސެކްޓަރގެ ވަޒީފާތަކުގެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ކަނޑައެޅިގެން އިގްތިސާދަށް ގުޑުމެއް ގެނައުމަށް ކުރެވޭ ޢަމަލުތަކެއްކަމަށް މި ޔޫނިއަނުން ދެކޭހިނދު، ދިވެހިރާއްޖޭގައި އާއްމުކޮށް އެންމެ ކުޑައުޖޫރަ ކަނޑައެޅުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މި ޢަމަލު މި ޔޫނިއަނުން ކުށްވެރި ކުރަމެވެ،" އެމްޓީޔޫއިން ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ގިނަ ވަޒީފާތައް އުފައްދައި ދޭނެ މުސާރަތައް ކަނޑައަޅައިގެން އުޅެނީ ވަކި ސިޔާސީ ޕާޓީއަކުންނާއި ވަކި ސިޔާސީ ވެރިއަކު ނެރެ އުފައްދާ ދޯހަޅި ސިޔާސަތުތައް ކަނޑައަޅާ ގޮތަކަށް ނޫން ކަމަށްވެސް އެމްޓީޔޫއިން ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ސީރިއަސް އެހާމާ ނާޒުކު މައްސަލަތަކެއް އެބަހުރި ކަމަށާއި އެކަންކަމަށް އިސްކަމެއްނުދީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ވާހަކަ ދެއްކުމަކީ އަސްލު މައްސަލަތަކުން އަރައިގަންނަން ނޫޅެ އިގްތިސާދީ އިތުރު މައްސަލަތައް އުފައްދައި ދިވެހި އިގްތިސާދު އިތުރަށް ބަލިކަށި ކުރުމަށް ދެކެވޭ ވާހަކައެއް ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. koba thibuna ot nudhey miharvess 12 gandi iru 13 gandi iru masahkay kuree nudhee mihurihaakameh balaani kaaku. konme thanakahvess bayaku
    fonuvidhaane ekamaku laari gandehlibuneema nikamethi meehaage ihusaas engeemeehakuney konmesarukaareh ayass vaavarakee miee

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.