އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ފަރުވާދޭން ފަށައިފި

އެކްސިޑެންޓެއްގައި އަނިޔާވި ކުޑަކުއްޖަކާއި ބޮޑު މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފަރުވާ ދެމުން ގެންދަނީ ޢުމުރުން 16 އަހަރުގެ ކުއްޖަކާއި 49 އަހަރުގެ މީހަކަށެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ 49 އަހަރުގެ މީހާގެ އަނގަމަތި ވަނީ ފަޅައިގެން ގޮސްފައި ކަމަށެވެ. ބޭސް އަޅަ ކޮޓަރީގައި މިވަގުތު އޭނާއަށް ގެންދަނީ ފަރުވާ ދެމުންނެވެ. ކުޑަކުއްޖާއަށް ފަރުވާ ދެމުން ގެންދަނީ އީއާރުގައެވެ. އޭނާގެ ޙާލަތާ ބެހޭގޮތުން އަދި މަޢުލޫމާތެއް ނުލިބެއެވެ.

އެކްސިޑެންޓަށް ފަހު އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހެނދު 7:40 އެހައިކަންހާއިރު ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ އަސްރުމާ ހިނގުމާއި، ޗަނބޭލީމަގު ގުޅުނު ހަތަރުއަނގޮޅީގައި ކަމަށެވެ. އެކްސިޑެންޓްވީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އަނިޔާވެފައިވަނީ ސައިކަލުގައި ތިބި ދެމީހުންނަށެވެ. އެކްސިޑެންޓުވެފައިވަނީ ހެނދުނު 7:30 ގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.