ޝިމާގެ ކޮއްކޮ ގޮވައިގެން ދިޔަ ތިންމީހުންގެ ބަންދަށް ފަނަރަ ދުވަސް އިތުރު ކޮށްފި

ފަޒީލް

ގެއްލިގެން ހޯދަމުން އަންނަ އާމިނަތު ޝިމާ ނާފިޒުގެ އަންހެން ކޮއްކޮ ގޮވައޮގެން ޑިންގީއެއްގައި ދަނިކޮށް އަތުލައިގަތް ތިން މީހުންގެ ބަންދުގެ މުއްދަތު  އިތުރު 15 ދުވަސް ލ. ގަމު މެޖިސްޓްރޭޓު ކޯޓުން މިއަދު އިތުރު ކޮށްދެއްވައިފިއެވެ.

ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދިޔަ 3 މީހުންގެ ތެރޭގައި ޝިމާ ގޮވައިގެން ދަތުރުކުރި އިބްރާހީމް ފަޒީލް ވެސް ހިމެނެއެވެ. ޢުމުރުން 17 އަހަރުގެ އެ ކުއްޖާ ގޮވައިގެން އެމީހުން ލ. މާމެންދުއިން ފުރީ މާރިޗު މަހު ދިހަވަނަ ދުވަހުއެވެ. އެހެން ނަމަވެސް ހަމަ އެދުވަހު ފުލުހުން ވަނީ ސިކްސްސެންސް ރިސޯޓު ކައިރިން އެމީހުން އަތުލައިގެންފައެވެ.

ފަޒީލް ޝިމާ ގޮވައިގެން ދަތުރުކުރި ޑިންގީ ވެސް ބަންޑުން ޖަހާފައިވަނީ ސިކްސްސެންސް ރިސޯޓު ކައިރިއަށެވެ. ޢުމުރުން 19 އަހަރުގެ ޝިމާ ގޮވައިގެން އޭނާ ދަތުރު ކުރީ މިދިޔަ މަހު 22 ވަނަ ދުވަހުގެރޭ ލ. ފޮނަދޫން މާމެންދު އަށެވެ. އެ ދަތުރުގައި ޑިންގީ ބަންޑުންވެ ފަޒީލް ވަނީ ފަތާފައި ގޮސް ސިކްސެންސް ރިސޯޓަށް އަރައި ސަލާމަތްވެފައެވެ. ޝިމާގެ ޚަބަރެއް އަދިވެސް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.