"ޗަޕާކް" ގައި ދީޕިކާގެ ފުރަތަމަ ލުކް އާއްމުކޮށްފި

އެސިޑް އެޓޭކަކުން ސަލާމަތްވި ހިތްވަރު ގަދަ ލަކްޝްމީ އަގަރްވާލް ގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުގައި ދީޕިކާގެ ފުރަތަމަ ލުކް އާއްމުކޮށްފިއެވެ. ޗަޕާކް އަކީ މެގްނާ ގުލްޒާރު ޑައިރެކްޓް ކުރާ ފިލްމެކެވެ. މިއީ ދީޕިކާ އާއެކު އޭނާ މަސައްކަތް ކުރާ ފުރަތަމަ ޕްރޮޖެކްޓެވެ. ޗަޕާކް ގައި ދީޕިކާގެ ކެރެކްޓަރ ގެ ނަމަކީ މާލްތީ އެވެ.

ލަކްޝްމީ އަށް އެސިޑް ހަމަލާ ދީފައިވަނީ އުމުރުން 15 އަހަރުގައި އޭނާ އާއި ކާވެނި ކުރަން މީހަކު އެދުމުން އެކަމާ ދެކޮޅު ހެދުމުންނެވެ. އޭނާ އަށް އެސިޑް ހަމަލާ ދިނީ ލަކްޝްމީ އާއި ކާވެނި ކުރަން އެދުނު ފިރިހެން މީހާ އާއި އޭނާގެ ދެ ރަހްމަތްތެރީންނެވެ. ހަމަލާއަށް ފަހު ލަކްޝްމީ ދަނީ އެސިޑް ވިއްްކުމާއި އެސިޑު ބޭނުންކޮށްގެން ދޭ ހަމަލާތަަކާއި ދެކޮޅަށް ކެންޕޭނު ކުރަމުންނެވެ. އޭނާ ވަނީ 'ސްޓޮޕް ސޭލް އެސިޑް' ގެ ނަމުގައި ޖަމިއްޔާ އެއްވެސް އުފައްދާފައެވެ.

ލަކްޝްމީ އަގަރްވާލް: 

View this post on Instagram

Good morning ♥️

A post shared by Laxmi Agarwal (@thelaxmiagarwal) on

2014ވަނަ އަހަރު އެމެރިކާގެ ފަސްޓް ލޭޑީ ވަނީ ލަކްޝްމީ އަށް 'ވިމެން އޮފް ކަރޭޖް' އިނާމް ދެއްވާފައެވެ.

ޗަޕާކް އަކީ ދީޕިކާެ އަމިއްލަ ކުންފުނި ކޭ.އޭ އެންޓަރޓެއިންމަންޓާއި، ފޮކްސް ސްޓޫޑިއޯ އަދި މެގްނާ ގުލްޒާރުގެ ޕްރޮޑަކްޝަން ހައުސް ގުޅިގެން އުފައްދާ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން މިއަދު ދިއްލީގައި ފަށާފައިވާ އިރު ފިލްމު ސިނަމާގައި އަޅުވާނީ 2020ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 10ވަނަ ދުވަހުއެވެ.     

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.